މުސްލިމުންނާއި ދެކޮޅަށް ލާއިންސާނީ އެތަކެއް އަނިޔާއެއް ދެމުން އަންނަ އިސްރާއީލް ދުނިޔޭގެ ވުޖޫދުން ފޮހެލުމަށްޓަކައި އެ ޤައުމަށް ހަމަލާދޭން ތައްޔާރަށް އޮތް ކަމަށް އަސްކަރީ ގޮތުން ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބާރު، އިރާނުން ބުނެފިއެވެ.
އިރާން އެއާ ފޯސްގެ ހެޑް، ބްރިގޭޑިއާ ޖެނެރަލް އަޒީޒް ނަސީރުޒާދޭ ވިދާޅުވީ "އިސްރާއީލްގެ ނަން މިބިމުން (ދުނިޔެއިން) ފޮހެލުމަށްޓަކައި އެގައުމަށް ހަމަލާ ދޭން ތައްޔާރު" ކަމަށެވެ. އޭނޭ އެހެން ވިދާޅުވީ އިރާނުގެ ސިފައިންގެ ބަޔަކަށް އިސްރާއީލުން މިއަދު ހެނދުނު ހަމަލާ ދިނުމާ ގުޅިގެންނެވެ.
އަދި އީރާންގެ ޒުވާން ލޭ ހިނގާ ސިފައިން ތިބީ އިސްރާއީލުގެ އުނދަގުލުން ދުނިތެ ސަލާމަތް ކުރުމަށް ހަތިޔާރާއި އެކު ނުކުތުމަށް ކެތްމަދުވެފައިކަމަށްވެސް އަޒީޒް ވިދާޅުވެފައިވެއެވެ.
އިސްރާއީލުން އަންނަނީ މުސްލިމުންނަށް ހާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ލާއިންސާނީ އެތަކެއް އަނިޔާއެއް ދެމުންނެވެ.