ދިވެހިންނަކީ ކޮފީއަށް ވަރަށް ލޯބިކުރާ ބައެކެވެ. ދުވާލެއްގެ މައްޗަށް ދެތިން ކޮފީތަށި ނުބޮއި ނުތިބެވޭ މީހުން އަހަރެމެންގެ ތެރޭގައި އުޅޭނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ހެނދުނު ހޭލުމަށްފަހު އަދި މެންދުރު ފަހު އަންނަ "ނުލަފާ" ނިދި ފިލުވައިލުމަށްޓަކައި ބޭނުންކުރާ އެންމެ މޮޅު ހަތިޔާރަކީ ކޮފީ ޖޯޑެއް ބޯލުމެވެ.

ދެރަވާންޖެހޭ ތަންކޮޅަަކީ އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ ކޮފީއަށް އެލާރޖިކް ވާ މީހުން ކަމެވެ. އެގޮތުން އެމީހުންގެ ހަށިގަނޑުން ކޮފީ އަކީ ރަނގަޅު އެއްޗެއް ކަމަކަށް ގަބޫލެއް ނުކުރެއެވެ. އެލާރޖިކް ވަނީ ކޮފީ ނޫނީ އޭގައި އެކުލެވިގެންވާ ކެފެއިން އަށެވެ.

ކޮފީ އަށް އެލާރޖިކް ވާ މީހެއް ނަމަ، ކޮފީ ބުއިމަށްފަހު ގަޑިއެއްހާއިރު ފަހުން ނުވަތަ އެއަށްވުރެ ވެސް ފަހުން ބޮޑުކަމު ދެވި، އަތްފައި އައްސިވުން، ހެއަށް ގޮތްވުން، ސަމާލުކަން ދޭން އުނދަގޫވުން، ބޮލުގައި ރިއްސުން ނުވަތަ ބޮލަށް އެނބުރުން އެެެރުން އަދި ނޭވައި ލާން އުނދަގޫވުން ފަދަ ކަންކަން ވެއެވެ.

ކޮފީއަކީީ ކިތަންމެ މީރު އެއްޗެއް ކަމުގައި ވިޔަސް އެލާރޖިކް ވާނަމަ އެއީ ބުއިން ރަނގަޅު ބުއިމެއް ނޫނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *