މާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ތޫނު އެއްްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފައިވަނީ ބަންގްލަދޭޝްގެ ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ، މި ހަމަލާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިރޭ 22:27 ގައި ކަމަށާއި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އޭނާއަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ސަލްސާ ރޯޔަލް ކައިރިންނެވެ.

ބަންގްލަދޭސް މީހާއަށް ހަމަލާ ދިންކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ބަންގްލަދޭސްގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ، ހަމަލާދިނުމަށް ފަހު ދުވެފައިދާތަން ފުލުހުންނަށް ފެނިގެން ފަހަތުން ދުވެފައި ގޮސް އޭއެމްޑީސީ ކްލިނިކް ކައިރިންނެވެ.

އަނިޔާވި ބަންގްލަދޭޝް މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *