އެފްރިކާއަށް ޗުއްޓީ ހޭދަކޮށްލަން ގޮސް އުޅުމުގެ ތެރޭގައި ސިންގާ އެއްގެ ޝިކާރައަކަށްވެ، ނީނާ ޑޯބްރެވް މަރުނުވެ ސަލާމަތްވީ ހަމަ ކިރިޔާއެެވެ.

ވެމްޕަޔަރ ޑައިރީސް އިން މަޝްހޫރު ވެގެން ދިޔަ ތަރި ނީނާ ޑޯބްރެވް ބުނި ގޮތުގައި އޭނާ އަބަދުވެސް އެފްރިކާ އަށް ދާހިތްވެއެވެ. އަދި ސަފާރީ ދަތުރަކީ އޭނާ އަށް މި ދަތުރުގައި އެންމެ ކަމުދިޔަ އެއް ކަމެވެ.

"އެއްތަކާއި އެހެނިހެން ޖަނަވާރުތައް އަހަރެމެން މަޑުކޮށްގެން ތިބި ޕޫލުން ފެންބޮއި ހެދި. އެކަމަކު ވަރަށް ބިރުގަތް ސިންގާ އެއް އަހަރެމެންނަށް ހަމަލާދޭން އުޅުމުން." ނީނާ ބުންޏެވެ. "ނަމަވެސް އަހަރެމެންނާއެކު ދިޔަ ގައިޑް އެ ސިންގާ އާއި ދިމާލަށް ހަޅޭލަވައި ގަނެ އޭތި ބިރުގަންނުވާލި. ހީވީ އޭނާއަކީ އިންޑިއާނާ ޖޯންސް ހެން. މަރާ އެންމެ ގާތަށް އާދެވުނު ފަހަރު މިއީ."

ނީނާ އެފްރިކާ އިން އަނބުރާ އައިސްފައިވަނީ އޭނާގެ 30 ވަނަ އުފަންދުވަސް ފާހަގަ ކުރާށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *