ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް މުޖުތަމައުއެއް ކަމަށް ބުނެވޭ ބުނުމަކީ ހަމަ ސާފު ދޮގެކެވެ. މިގައުމުގައި މިފަހަކަށް އައިސް މިވަނީ ފާޅުގައި އިސްލާމްދީނާއި ފުށޫއަރާ އެތައް ކަމެއް ތަކުރާރުވަމުން ދާތަން ފެނިފައެވެ. އަދި ދާތަން ފެންނަމުންވެސް މެއެވެ. ނަމަވެސް މިފަދަ ކަންކަމަށް ކަމާއިބެހޭ އިދާރާތަކުންވަނީ އެފަދަ ފަރާތްތަކަށް އަދަބުދިނުމަށް އިހްމާލު ވެފައިކަން މިއީ ފެންނަން އޮތް ހަގީގަތެވެ.

މިގޮތުން ﷲ އާއި މިއުންމަތުގެ މާތް ސާހިބާއާއި އެނޫންވެސް އިސްލާމީ ޝަހުސިއްޔަތުތަކަށް ކުފުރުބަސް ބުނުމާއި ބަދުބަސް ބުނުމުގެ އިތުރުން ކުފުރުގެ އަމަލުން އެކަން ދައްކަމުން ދެއެވެ. މިފަދަ ކޮންމެ ކަމެއްގެ ސަބަބުން ކޮންމެ ސަރުކާރަކަަށް ނަމަވެސް އާންމު ރައްޔިތުންގެ އިނގިލިތައް އަމާޒު ކުރަނީ ސަރުކާރަކަށެވެ. މިއީ ކަން ހިނގާނެވެސް ގޮތެވެ. ސަރުކާރެއްގެ އެންމެ މުހިންމު އެއް ބޭނުމަކީ އިންސާފާއި ހަމަހަމަކަން ރައްޔިތުންނަށް ކަށަވަރު ކޮށްދިނުން ކަމުގައި ވީހިނދު އެކަން މިވަނީ ބޮއްސުންލައި ގޮސްފައިކަމަށް ގަބޫލުކުރެވެއެވެ.

ގާނޫނު އަސާސީގައި އިސްލާމް ދީން ހިމާޔަތް ކުރުމަކީ އެންމެ މަތީ އަހައްމިއްޔަތު ކަމެއްދީފައިވާކަން ކަމުގައި ވީނަމަވެސް މިކަން މިވަނީ އަގެއް ނެތް ދެލި ގަނޑަކަށް ވެފައެވެ. ދީނީ މިނިވަންކަން ދީފައި އޮތީ އިސްލާމްދީނާއި ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަށް ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ. މުސްލިމު މުޖުތަމައެއްގައި ފާޅުގައި އިސްލާމްދީނަށް ފުރައްސާރަ ކުރާ ފަރާތްތައް އަމާންކަންމަތީ އެއްވެސް ޖެހިލުމެއްނެތި އުޅޭ އުޅުން ބަލައި ގަނެވޭނެ އެއްވެސް ގޮތެއްނެތެެވެ. ހުކުމް ތަންފީޒު ކުރަނީ ބޭނުންވާ ބައެއް ކަންކަމުގައެވެ. ދީނުގެ އަދުއްވުން ތިބީ ބާރުގައެވެ. ބާރުދެނީ ކޮންބައެއްކަން ސާފުވާގޮތް ނުވިނަމަވެސް މެއެވެ.

ތިމާ އުޅޭނެ ގޮތަކަށް އުޅުނު ނަމަވެސް އިސްލާމްދީނާއި ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިފަދައިން ހިނގާ ކަންކަމާއި ދެކޮޅަށް ބަސްބުނާ ހިތްވަރުގަދަ ދީނީ އިލްމުވެރިންގެ ބަސް މިވަނީ ބާރުވެރި މުއައްސަސާ ތަކުގެ ކުރިމަތީގައި ކުރުކަކޫ ޖަހުވާފައެވެ. ހަގީގަތުގައިވެސް މިއީ ހިތާމަހުރި ކަމެކެވެ. ކޮންމެ ފަރުދެއްވެސް ވެރިކަމަށް އަންނަނީ ފޮނި ބަސްތަކުން ހިތްތައް ފުރައިދޭ ހާލުގައެވެ. ވެރިކަން ކަށަވަރު ވުމާއިއެކު އައުވާނުންގެ ބަހަށް ހެއްލި އުއްފު ބުނަންވެސް ނުކެރި ތިބުމަކީ ހަގީގަތުގައި ވެރިކަމުގެ ސޯބު އަނބުރާލުމުގެ ބާރު އެހެން ފަރާތެއްގެ އަތްމަތީގައި އޮތުން ކަމުގައި ގަބޫލު ކުރެވެއެވެ.

ކޮންމެ ސަރުކާރެއްގައި ނަމަވެސް ފެންނަމުން މިދަނީ އިސްލާމީ ޝަރީއަތް ފުރިހަމަ ކުރުމުގައި ނުކުޅެދިފައި ވާތަނެވެ. ކޯޓަކުން ހުކުމް ކުރިނަމަވެސް ބޮޑެތި ހުކުމްތައް ތަންފީޒު ނުކުރުމަކީ ހިނގަމުން އަންނަ ކަމެކެވެ. ހަމަ މިއުސޫލުން ބަސްބުނުމުގެ މިނިވަންކަން ދީފައި އޮތް އޮތުން ހައްދު ފަހަނައަޅާގޮސް އިސްލާމް ދީނަށް ފުރައްސާރަކުރުމުގައި ބަޔަކު ހޭދަކުރަމުން ދިޔަނަމަވެސް މިފަދަ އެއްވެސް ފަރާތެއް ހައްޔަރު ކުރެވި އަދަބެއް ދެވިފައި ނެތްކަން ފާހަގަ ކޮށްލެވެއެވެ. މިފަދަ ކަންކަމަށް އިސްލާމްދީނުގައި އޮތް ހުކުމުން ހުކުން ކުރުމަކީ ބަޔަކު ގަބުލުކުރާ ގޮތުގައި އެކަމަށް އޮތް ހައްލު ނޫންކަމަށް ދައްކުވަން މަސައްކަތް ކުރާ މަދު ބަޔަކު އުޅެއެވެ.

އިސްލާމްދީނަށް ފުރައްސާރަކޮށް ބަސްބުނާ ކޮންމެ ފަރާތަކަށް އެންމެ ހަރުކަށި އަދަބު ދިނުމަކީ އިސްލާމީ ވެރިންގެ މައްޗަށް ވަޖިބުވެގެންވާ ކަމެއް ކަމުގައި ވީހިނދު، މިފަދަ ފަރާތް ތަކަށް ރައްކައުތެރިކަން ދިނުމުގެ ބަދަލުގައި އެންމެ ހަރުކަށި ފިޔަވަޅުން އަދަބު ދިނުމަކީ ވެރިންގެ މައްޗަށް ލާޒިމްވާ ވާޖިބެއްކަން ކަށަވަރެވެ. އިސްލާމްދީނައި މެދު ޝައްކު އުފައްދަން ބަޔަކު އަޑީގައި ތިބެގެން ހާވަމުންދާ ހަޑިއާއި ފިކުރީ ގޮތުން ކުޅޭ ކުޅިގަނޑުން ރައްކައުތެރިވެ ތިބުމަށް ތިޔަ އެންމެ ބޭފުޅުންނަށް ނަސޭހަތްތެރިވަމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *