ޖަމާލުއްދީން ސްކޫލް ކައިރީ ހުރި ގެއެއް ފަޅަލާ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެގޭގެ ހަތަރު ވަނަ ފަންގިފިލާ ގައި ހުރި އެޕާޓްމަންޓަކުން ވައްކަން ކޮށްފައިވަނީ ދޮރު ފަޅާލައިގެން ވަދެއެވެ. އެ ގެއިން ވަގަށް ނަގާފައި ވަނީ ގިނަ އަދަދެއްގެ ދިވެހި ފައިސާއާއި، 4000 ޑޮލަރާއި ދެ ފޯނު ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ވިދާޅުވީ، ޖަމާލުއްދީން ސުކޫލް ކައިރީގައި ހުރި ގެއަކުން ވައްކަން ކޮށްގެން 11:53 ގައި ރިޕޯޓުކޮށްފައިވާ ކަމަށާއި ގިނަ އަދަދެއްގެ ފައިސާއާއި ފޯނުތަކެއް ވަގަށް ނަގާފައިވާ ކަމަށެވެ. އަދި ފުލުހުން ދަނީ މިވަގުތު އެގޭގައި ހަރަކާތްތެރިވަމުން ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *