މާލޭގެ ގެއެއްގެ ފަސްވަނަ ބުރިން ވެއްޓި އަނިޔާވި 14 އަހަރުގެ އަންހެން ކުއްޖާގެ ހާލު ސްޓޭބަލްކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ އެކުއްޖާގެ ހާލު ސްޓޭބަލް ކަމަށާއި، ސީޓީ ސްކޭންތަކެއް މިހާރު ހަދަމުން އަންނަ ކަަމަށެވެ. އަދި ލިބިފައިވާ އަނިޔާތަކުގެ ތަފްސީލް އެނގޭނީ ސީޓީ ސްކޭނަށް ފަހުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކުއްޖާ ވެއްޓިފައިވަނީ ގ. ކޮލަމްބިއާގެ ފަސްވަނަ ބުރިންނެވެ. އެކުއްޖާ ވެއްޓި ޖެހުނީ ކައިރީގައި ހުރި ގެއެއްގެ ފުރާޅު މައްޗަށެވެ.

އެ ކުއްޖާ ފުރާޅު މައްޗަށް ވެއްޓިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 14:10 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *