ހިލޭ ބަހަން ސަރުކާރުން ނިންމާފައިވާ ހެލްމެޓް ޓްރާންސްޕޯޓް އޮތޯރިޓީއަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ޓްރާންސްޕޯޓް އޮތޯރިޓީ އިން އިއުލާން ކޮށްފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު 5000 ހެލްމެޓް ބެހުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު އެމަނިކުފާނު ވެވަޑައިގަތް ވައުދެކެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ ސައިކަލު ދުއްވާއިރު އަޅާ ހެލްމެޓް ގަންނަން އެ އޮތޯރިޓީއިން ބޭނުންވާ ކަމަށާއި އެ އެތޯރިޓީއަށް ހެލްމެޓް ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 22 ޖަނަވަރީ 2019 ވާ އަންގާރަ ދުވަހުގެ 10:00 އަށް އެއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެދޭ ކަމަށެވެ.

އަދި 27 ޖަނަވަރީ 2019 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ޓްރާންސްޕޯޓް އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށެހެޅުއްވުމަށް އިއުލާނުގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމަށް ވެސް އިއުލާނުގައި ވިދާޅުވެފައި ވެއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީއަށް ހެލްމެޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައިވާއިރު މާރޗު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސިނަމާލެ ބުރިޖުގައި ސައިކަލުގައި ދަތުރުކުރެވޭނީ ހެލްމެޓު އަޅައިގެންކަމަށް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *