ޗާންދަނީ މަގުގައި ހުރި ގެއެއްގެ ފާރު މީހެއްގެ ގައިމައްޗަށް ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ ޗާންދަނީ މަގު ރެޑްބީ ފިހާރަ ކައިރީ ހުރި ގެއެއްގެ ފާރުގެ ބައެއް މީހެއްގެ ގައިމައްޗަށް ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު މިރޭ 19:00 ގައި ލިބިފައިވާ ކަމަށެވެ.

އަދި އެ މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް އެއް ނޫނެވެ.

ފުލުހުން ވިދާޅުވީ ހާދިސާގައި އަނިޔާވެފައި ވަނީ 19 އަހަރުގެ ފިރިހެނަކަށް ކަމަށާއި، ފާރުން ވެއްޓުނު ބައި ގޮސް ޖެހުނީ އޭނާގެ އަތުގައި ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އަނިޔާވި ޒުވާނާ ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *