ރަޝިޔާގެ އަންހެން ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މަރުވި މީހާގެ ހަށިގަނޑު މިހާރު އޮތީ އެ މީހާ ފީނަން ފޭބި ސަފާރީގައި ކަމަށެވެ.
މިއަދު ރަޝިޔާގެ ފަތުރުވެރިއަކު ގެނބިގެން މަރުވެފައިވާއިރު، ކ. ތުލުސްދޫގައި މޫދަށް އެރި އުޅުނު ޕާކިސްތާނު ފިރިހެނަކަށްވެސް ވަނީ ގެނބިގެން ފަރުވާ ދީފައެވެ. އަދި މީގެ ދުވަސްކޮޅެއް ކުރިން ވަނީ ހަނީ މޫންއަށް ރާއްޖެ އައިސް އުޅުނު ޕިލިޕީންސްގެ ދެމެރިފިރިއަކު ކ. ދިއްފުއްޓާއި މީރު އައިލެންޑް ރިސޯޓާ ދެމެދަށް މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވެފައެވެ.
މިއަދު މަރުވި އަންހެން މީހާއާއި ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.