ތިމާވެއްޓާ ދޯޅު މާހައުލެއް ގާއިމް ކުރުމުގެ ގޮތުން ހޯމް މިނިސްޓްރީގައި ޕްލާސްޓިކް ބޭނުން ނުކުރަން ނިންމައިފި އެވެ.

ހޯމް މިނިސްްޓްރީން ބުނީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުން ކުރުން މަދު ކުރުމުގެ ހާއްސަ ކެމްޕެއިންގައި އެ މިނިސްޓްރީން ބައިވެރިވެފައިވާ ކަމަށާއި ޕްލާސްޓިކްފުޅީގެ ބަދަލުގައި ހޯމް މިނިސްޓްރީގައި މިއަދުން ފެށިގެން ދެން ބޭނުން ކުރާނީ ބިއްލޫރި ފުޅި ކަމަށެވެ.

ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުށްޓާލުމުގެ ޕްރޮގްރާމް ޝަރަފުވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުން  ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ޕްލާސްޓިކް މަދު ކުރުމަކީ ރާއްޖޭގެ އިތުރުން މުޅި ދުނިޔޭގެ ރައްކާތެރިކަމާއި ސަލާމަތާއި ގުޅިފައިވާ ކަމެއް ކަމަށާއި އެކަމަކީ މުޅި ގައުމުގެ އިގްތިސާދާ ގުޅިފައިވާ ކަމެއް ކަމަށެވެ. 

އަދި ޕްލާސްޓިކުން ރާއްޖެއާއި ދުނިޔެ ސަލާމަތްކުރުމަކީ އެންމެންގެ ޒިންމާއެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު އިމްރާން ވަނީ އެ މިނިސްޓްރީގެ އެންމެހާ މުވައްޒަފުންވެސް ޕްލާސްޓިކް މަދުކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރައްވައިފައެވެ.

ހޯމް މިނިސްޓްރީން ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލާފައިވާއިރު، ރައީސް އޮފީހާއި ފޮރިން މިނިސްޓްރީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީންވެސް ވަނީ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *