ތ. އަތޮޅު ހިރިލަންދޫ އިން ކަނޑިތަކެއް ފެނިއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ފެނިފައިވަނީ ދެ ކަނޑިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ޖަޒީރާ" އަށް ވިދާޅުވީ އެކަނޑިތައް ފެނުނީ ފުލުހުން އެ ރަށުގައި ހިންގި އޮޕަރޭޝަނެއްގައި މިއަދު މެންދުރު އެ ރަށު ގެއެއްގެ ތެރެއިންކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމުގައެވެ.
މިއަދު ހިރިލަންދޫއިން ކަނޑިތަކެއް ފެނުނުއިރު، މިއަދު ހެނދުނު އާޓިފިޝަލް ބީޗު ސަރަހައްދުންވެސް ވަނީ ތޫނު ހަތިޔާރުތަކެއް ފެނިފައެވެ.