މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތިން އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި އެކު ކުޑަކުއްޖަކާއި، އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މަސްތުވާތަކެއްޗާއެކު އެ ކުޑަކުއްޖާ ހައްޔަރުކޮށްފައި ވަނީ، ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެގޮތުން އޭނާ ހައްޔަރުކޮށްފައި ވަނީ، މާލެއިން ފުރައިގެން ށ. އަތޮޅަށް ދަތުރު ކުރަމުންދާ ލޯންޗަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި، އެލޯންޗު ފުނަދުއަށް އައުމުން އެކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާ އެއްޗެއްހުރި ހަތަރު ރަބަރު ޕެކެޓު އެކުއްޖާގެ އަތުން ފެނުމުން ކަމަށް ފުލުހުން ބުނެއެވެ.
އަދި ފުލުހުން ވަނީ ، ކ. ހިންމަފުށީގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ 32 އަހަރުގެ ރޭ 22:25 ހާއިރު ހިންގި މިއޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އޭނާގެ އަތުން މަސްތުވާއެއްޗެހި ހުރި ނުވަ ރަބަރު ޕެކެޓް ފެނިފައިވާ ކަމުގައެވެ.
ފުލުހުން ވަނީ ގއ. ދާންދޫއިންވެސް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 37 އަހަރުގެ ފިރިހެނެކެވެ.