ސިވިލްކޯޓަށް ހުށައެޅިފައިވާ މައްސަލައަކާއި ގުޅިގެން ބަންދުގައި ބަހައްޓައިގެން އެކޯޓަށް މީހަކު ހާޒިރުކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ސިވިލް ކޯޓުގެ މި އަމުރާއި ގުޅިގެން ފުލުހުން ހޯދަމުން ދަނީ މއ. ކެލާގެއާގެ/ ޢުމުރުން 35 އަހަރުގެ ޢަބްދުﷲ މަހާތިރުއެވެ.

ފުލުހުން, ޢަބްދުﷲ މަހާތިރު ހޯދުމުގެ މަސައްކަތް ފަށައިފައި ވަނީ ސިވިލްކޯޓުގައި ދަޢުވާކުރަމުންދާ ޙުކުމް ތަންފީޛްކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޞިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖަނަވަރީމަހުގެ 21 ވަނަ ދުވަހު 10:00ށް ސިވިލްކޯޓަށް ޙާޞިރުކުރުމަށް ފުލުހުންގެ މައްޗަށް އެ ކޯޓުން ކުރި ޙުކުމަކާއި ގުޅިގެންނެވެ.

އަދި މީހާ އާއިބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައި ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އާއި ގުޅުއްވާ މައުލޫމާތު ހިއްސާ ކުރެއްވުމަށް ފުލުހުން އެދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *