ކ. ތުލުސްދޫގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން ފަރުވާ ދޭން ފަށައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އޭނާގެ ހާލު ސީރިއަސްއެވެ.
ފުލުހުން ބުނީ ތުލުސްދޫގައި މޫދަށް އެރި އުޅެނިކޮށް ގެނބުނު ޕާކިސްތާނުގެ ފިރިހެނަކަށް ފަރުވާދެމުން އަންނަ ކަމުގެ މައުލޫމާތު މިއަދު 15:29 ހާއިރު ލިބިފައިވާ ކަމުގައެވެ.
އަދި އެ މީހާއަށް ތުލުސްދޫ ހެލްތް ސެންޓަރުގައި ފަރުވާދެމުން އަންނައިރު އެމީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމުގައިވެސް ފުލުހުން ބުނެއެވެ.
މިއަދު ތުލުސްދޫގައި ފަތުރުވެރިޔަކު ގެނބިގެން ފަރުވާ ދީފައިވާއިރު، މިފަހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ފަތުރުވެރިންގެ ގެނބުމުގެ ނުރައްކާތެރި ޙާދިސާތަކެއް ހިނގާފައެވެ