އަނބަކީ ދިވެހިންގެ ތެރޭގައި އަބަދުވެސް ވަރަށް މަގުބޫލު މޭވާއެކެވެ. އަނބުގައި ފަނި ގިރުމާއި އަނބު އަސާރަ ހެދުމަކީ ދިވެހިން ވަރަށް ކުރީއްސުރެވެސް ކުރަމުން އަންނަ ފައިދާހުރި ކަންކަމެވެ.
ނަމަވެސް ކޮންމެ ދުވަހަކު އަނބު ކެއުމަކީ ބައެއް ބަލި ޖެހިފައިވާ މީހުންނަށް އެހާ ރަނގަޅު ކަމެއް ނޫނެވެ. ހަކުރު ބަލި އަދި ރާއްޖެ ބަލި ހުންނަ މީހުން ކޮންމެ ދުވަހަކު އަނބު ކާކަށް ނުވާނެއެވެ.
ކޮންމެ އަނބެއްގައި 45.6 ގުރާމު ހަކުރު ހުރެއެވެ. އަދި އަނބުގައި ހުންނަ ހަކުރުގެ ބާވަތަކީ "ފްރުކްޓޯސް" އެވެ. ފްރުކްޓޯސް ކުދިކޮށްލެވެނީ ހަމައެކަނި ފުރަމޭއިންނެވެ. އެހެންކަމުން ފްރުކްޓޯސް މާ ގިނަ ވެއްޖެނަމަ ފުރަމޭ އަށް ބާރުބޮޑުވެއެވެ. މީގެ ސަބަބުން ހަކުރު ބައްޔާއު ހިތުގެ ބަލި ތަކަށް މަގުފަހިވެއެވެ.
އަނބުގައި "އުރުޝިއޮލް" ކިޔާ ތެލެއް ހުރެއެވެ. މި ތެޔޮ އާންމުކޮށް ފެންނަނީ "ޕޮއިޒަން އައިވީ" އަދި "ޕޮއިޒަން އޯކް" ގައެވެ. މި ތެލައް ބައެއް މީހުން އެލަރޖިކް ވެއެވެ. އެލަރޖިކް ވުން ދެތިން ދުވަހަށް ލަސްވާފަހަރުވެސް އާދެއެވެ. އެހެންކަމުން ގިނަ ފަހަރު އެލަރޖިކް ވަނީ ކޯޗަކަށް ކަން ނޭނގިދެއެވެ.
އަވަހަށް ދޮން ކުރަން "ކެލްޝިއަމް ކާބައިޑް" ނަމަކަށް ކިޔާ ކެމިކަލް އެއް ބޭނުން ކުރުމުގެ ސަބަބުން އެފަދަ އަނބު ކެއުމުން އަތްފައި އައްސިވުމާއި ހެއަށް ގޮތްވުން ފަދަ ކަންކަން ދިމާވެއެވެ. މިގޮތައް ދޮން ކޮށްފައި ހުންނަ އަނބުގައި މީރު ފޮނިރަހަ ކުޑައެވެ. އަދި އެވަރަކަށް ދިޔައެއްވެސް ނުހުރެއެވެ.
ދުވާލަކު އަނބެއް ކެއުމަށްވުރެ ރަނގަޅީ ހަފްތާއަކު ދެތިން އަނބު ކާލުމެވެ. އަދި މާ ގިނައިން އަނބު ކާހިތްވާނަމަ އަނބުފަދަ އެހެން މޭވާ އެއް ކާލައިގެން ކެތްކޮށްލާށެވެ.