ހުޅުމާލޭގައި މޫނަށް ސްޕްރޭ ޖެހުމަށް ފަހު ގިނަ އަދަދެއްގެ ފައިސާ ފޭރިގަނެފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ފޭރިގަނެފައިވަނީ ހުޅުމާލޭ އިސްލާމިކް ބޭންކަށް ޖަމާކުރަން ފިއުލް ސަޕްލައި އިން ގެންދިޔަ ގިނަ އަދަދެއްގެ ފައިސާއެވެ. އަދި އެ ފައިސާ ފޭރިގަތީ، ފައިސާ ޖަމާކުރުމަށް ދިޔަ މީހާގެ މޫނަށް ދެމީހަކު ވެގެން ސްޕްރޭ ޖެހުމަށް ފަހުގައެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލޭ ފިއުލް ސަޕްލައި މޯލްޑިވްސް އިން އިސްލާމިކް ބޭންކަށް ޖަމާ ކުރުމަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ އެފައިސާ ހިފައިގެން ދިޔަ މީހާގެ މޫނަށް ދެމީހަކު އައިސް މޫވް ސްޕްރޭ ޖަހާފައި ފޭރިގަތް މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައި ކަމަށެވެ.
މިއަދު ފޭރިގެންފައި ވަނީ ކިހައި އަދަދެއްގެ ފައިސާ ކަމެއް އަދި ސާފެއް ނުވާއިރު މި މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.