ލާދީނީ ފަރާތްތަކާއި މެދުގައި ފިޔަވަޅު އެޅުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިހް ޒައިދު މިހެން ވިދާޅުވެފައިވާއިރު ، މިފަހަކަށް އައިސް ބައެއް ދިވެހިން ދަނީ އިސްލާމް ދީނަށާއި ރަސޫލާصلى الله عليه وسلم އަށް ފުރައްސާރަކޮށް ތަފާތު ވާހަކަތައް މީސް މީޑިއާގައި ދައްކަމުންނެވެ.

ޝައިހް ޒައިދު ދެންމެ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ، މިހާރަކަށް އައިސް ބައެއް ލާދީނީ މީހުން ހިތައް އެެރިހާ އެއްޗެއް މާތްވެގެންވާ އިސްލާމްދީނަށް ނިސްބަތްކޮށް ގޮވަމުން އަންނަ މަންޒަރު ފެންނަ ކަމަށެވެ.

އަދި ނަބިއްޔާ (ސ.އ.ވ) އާއި ޞަހާބީންނަށް އެކަށީގެން ނުވާ ފަދަ ބަސްތައް ބޭނުން ކުރާ ފަރާތްތަކާއި މެދުގައި ފިޔަވަޅު އެޅުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ކަމަށް ޝައިހް ޒައިދު ވަނީ ވިދާޅުވެފައެވެ.

"މާތް ނަބިއްޔާ (ސ.އ.ވ) އާއި ސަހާބީންނަށް މުޙާތަބުކޮށް އެކަށީގެންނުވާ ބަސް ބަސް ބޭނުން ކުރާ މިފަދަ މީހުންނަށް ފިޔަވަޅު އެޅުމަކީ ދައުލަތުގެ ޒިންމާއެއްކަމުގައި ހަނދާން ކޮށްދެން" ޝައިހް ޒައިދުގެ ޕޯސްޓްގައިވެއެވެ.

ލާދީނީ ފަރާތްތަކާއި މެދުގައި ފިޔަވަޅު އެޅުމަށް ޝައިހް ޒައިދު ދައުލަތަށް ގޮވާލައިފައިވާއިރު އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްލާއިލް (އިބުރާ) ވަނީ ރަސޫލާ صلى الله عليه وسلم އަށާއި ސަހާބީ ބޭކަލުންނަށް ނިސްބަތްކޮށް ވަރަށް ބޭއަދަބީ ބަސްތަކުން މުހާތަބުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *