އެކި ދުވަސްވަރު ތަފާތު ޗެލެންޖުތައް މީސް މީޑިއާގައި އާންމު ވެގެން ދެއެވެ. އެގޮތުން މިހާރު މީސްމީޑިއާ އެކި އެކި ވިއުގަރ ތަކުގެ ވައިގައި ހިފައިގެން އުޅެނީ "ދަ 10 އިޔަރ ޗެލެންޖެވެ".

މި ޗެލެންޖުގައު އެމީހަކު 10 އަހަރު ކުރިން ހުރި ގޮތުގެ ފޮޓޯއެއް ފުރަތަމަ ލާފައި ދެން ލަނީ 10 އަހަރު ފަހުގެ ނުވަތަ މިހާރު އެމީހަކު ހުންނަ ގޮތުގެ ފޮޓޯއެކެވެ.

މީސް މީޑިއާގައި އެއްޗެއް މަގުބޫލު ވެއްޖެ ނަމަ ދެން ހައްްޓަކު ހެޔެއް ނޯންނާނެއެވެ. މި ޗެލެންޖެއް އާންމުވިފަހުން އިންސާނެއް، ގެރިއެއް ބަކަރި އަކަށް ނުބަލާ، ޒާތް ޒާތުގެ ފޮޓޯ ދަނީ ހިއްސާ ކުރަމުންނެވެ. 

"10 އިޔަރ ޗެލެންޖެ" ގެ ނަމުގައި ބައެއް ފަރާތްތަކުގެ އަނބުރު ކަތިލަމުންދާއިރު އަނެއްބައި މީހުން މިކަން ކުރަނީ  އަނެކާއަށް ފުރައްސާރަކުރުމުގެ ނިޔަތުގައެވެ. ރަނގަޅު ނިޔަތަކާއި އެކު މިކަން ކުރާ މީހަކު ވަރަށް މަދެކެވެ.

ކޮށްލާ ހިތްވާ ސުވާލަކީ މިވެސް ދެން މީހަކު ޖާނުންފިދާ ވެގެންވެސް ނުކުރެވިގެން އުޅޭ ވަރު ކަމެއް ހެއްޔެވެ؟ މީހަކު ހަމަ ކަމެއް ކުރާއިރަށް ދެން އެކަމެއް ކުރަން ވޭހެއްޔެވެ؟ ނޫނީ އެންމެން ކުރާތީ މިކަންވެސް ކުރެވެނީހެއްޔެވެ؟ ނުކޮށްފިނަމަ ތިމާ އަކީ މިހާރުގެ ޓްރެންޑް ތަކާއި ދުރު، "ކަޓު" މީހަކަށް ވެދާނެތީ ބިރުގަންނަނީ ކަންނޭނގެއެވެ.

ކޮންމެ މީހަކު ކޮންމެ ގޮތަކަށް މިކަން ކުރިއަސް, ބުނެލަން އޮތް ވާހަކައަކީ މިއީ ހަމަ ތާކުން ތާކު ނުޖެހޭ، ތިމާގެ ހަޔާތުން ބޭކާރުވެގެންދާ އަގުހުރި ވަގުތުތަކެއް ކަމެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *