ފްރާންސާއި އިޓަލީ އަކީ މީހުން ވަރަށް ގިނައިން ޗުއްޓީ ހޭދަ ކުރަން ގޮސް އުޅޭ  ޔޫރަޕުގެ ދެ ގައުމެވެ.. ޔޫރަޕަކީ ބަލާ ފޫހި ނުވާނެ ފަދަ އެތަކެއް މަންޒިލެއް އެކުލެވިގެންވާ ފުރިހަމަ ބައްރެކެވެ.

އޮސްޓްރިއާ


1965 ގެ މިއުޒިކީ ލަވަތަކުގައި ފެންނަގޮތަށް އޮސްޓްރިއާއަށް ދެވުމުން އުޅެވޭނެއެވެ. އެހާމެ ހިތް ގައިމެވެ. ފިނި މޫސުމުގައި ސްނޯ ވެހުމުން އައިސް ސްކީއިންގް ފަދަ ކުޅިވަރު ކުޅެލެވެއެވެ. އަދި "ސަމަރ" ގައި މިއުޒިކް ފެސްޓިވަލް ތައް އޮވެއެވެ. މީގެ އިތުރުން އޮސްޓްރިއާ އަކީ ވަރަށް ކުޅުދިޔާވާ، "ސެޗަޓޯޓް" ކިޔާ ކޭކެއް ތައްޔާރު ކުރުމަށް މަޝްހޫރު ތަނެކެވެ.

ސައިޕްރަސް


ޔޫރަޕުގެ އެންމެ ރީތި އަދި ސާފު މޫދުތަކުގެ ތެރެއިން ސައިޕްރަސްގެ މޫދު ފާހަގަކޮށްލެވެއެވެ. މި ރަށަކީ ތުރުކީގެ ދެކުނުން، ލެބަނަންގެ އިރުމަތިން އަދި ގްރީސްގެ ހުޅަނގު ދެކުނަށް އޮންނަ ރަށެކެވެ. އެހެންކަމުން ހުރިހާ ދިމާލެއްގެ ސަގާފަތް އެއްވުމުން، ސައިޕްރަސް އަކީ ވަރަށް ހާއްސަ އަދި ބަލާލަން އެހާމެ ރީތި ރަށެކެވެ.

ފެރޯ އައިލެންޑްސް


18 ރަށެއް އެއްކޮށް އޮންނަ ފެރޯ އައިލެންޑްސް އަކީ މީހުންނަށް ނޭނގޭ، ވަރަށް ފޮރުވިފަ އޮންނަ ހިސާވެކެވެ. ހިތްފަސޭހަ ގުދުރަތީ ތަންތަނަށް ލޯބިކުރާނަމަ މި ތަނަކީ ކޮންމެހެންވެސް ދާންވާނެ ތަނެކެވެ. "ހައިކިންގް" ފަދަ ކަންކަން ކުރާހިތްވާ މީހުންނަށް މިއީ ވަރަށް ކަމުދާނެ ތަނެކެވެ. މީގެ އިތުރުން ރީތިކަމުގެ ލާމަސީލު އަވައްތައްވެސް މި ތަނުގައި އެކުލެވިގެންވެއެވެ.

ރޮމޭނިއާ


ބަލާ ފޫހިނުވާނެ ފަދަ ފެން ފަރުބަދަ ތަކާއި ހިތްގައިމު ކުރެހުންތަކުން ފުރިގެނަވާ ތަނަކަށް ދާން ބޭނުންހެއްޔެވެ؟ އެހެންވިއްޔާ ރޮމޭނިއާ އަކީ "ބަކެޓް ލިސްޓު" ގެ އެންމެ މަތީގައި ލިޔަންވާނެ އެއް ނަމެވެ. މީގެ އިތުރުން އެތަނުގައި ރީތި ގަނޑުވަރުތަކާއި ޔުނެސްކޯއިން ހިމާޔަތް ކޮށްފައިވާ އެތަކެއް އާސާރީ ބިނާތައް ވެސް ހުރެއެވެ.

މޮންޓެނެގްރޯ


ދުވަސް ވެފައިވާ އިމާރާތްތައް ފެންނަން ހުންނަ މޮންޓެނެގްރޯއަކީ ކުރީ ޒަމާނުގެ "ފީލް" އެއް އަންނަ ތަނެކެވެ. އެތަނުގެ މީހުން ވަރަށް ހިތްހެޔޮވާނެއެވެ. އަދި އަބަދުވެސް ވާހަކަ ދައްކާ އުޅޭނީ އެކުވެރި ޒާތަކަށެވެ. އެކި ބާވަތުގެ މީރު ކާނާ ލިބެން ހުންނައިރު، އެތަކެއްޗަކީ ހަށިގަނޑަށް ފައިދާ ހުންނަ މީރު ތަކެއްޗެވެ. މޮންޓެގްރޯގެ މޫދަކީ  ވިލުކަން ގަދަ ރީތި މޫދެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *