ސްރީލަންކާގައި އާދިއްތަ ދުވަހު ސިލްސިލާކޮށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ލަންކާގައި ދިރިއުޅޭ ފަސް ދިވެއްސަކު ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލު ކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަސް މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ މިއަދު އެގައުމުގެ ފުލުހުން ގެއެއް ފާސްކުރުމުގެ ތެރޭގައި، އެގޭގައި އުޅޭ ޕޮލިޓިކަލް ސައިންސް ކިޔަވާ ކުއްޖެއް ގެންގުޅޭ އިސްލާމިކް ސްޓޭޓްގެ މައުލޫމާތު ހިމެނޭ ފޮތެއް ފެނިގެންނެވެ.

ދެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބާކީ ހަތަރު މީހުން ގެންގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައި ލަޔަން ސިޓީ ނެގަމްބޯ އިންނެވެ. މައުލޫމާތު ލިބޭ ގޮތުގައި އެހަތަރު މީހުންނަކީ ފްލައިޓް އިންޖީނިއަރިންގް ކިޔަވަމުން ދިޔަ ހަތަރު މީހުންނެވެ. އެމީހުން ހައްޔަރުކުރީ، އެމީހުން ދިރިއުޅެމުން ދިޔަ ގެއިން އެއާރ ރައިފަލް އެއް ފެނިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ހަތަރު މީހުން އެ އެއާ ރައިފަލް ތައް ގެންގުޅެމުން ދިޔައީ، ބަޑި ގެންގުޅުމުގެ ފޭކް ލައިސެންސް އެއް ހަދައިގެންނެވެ.

"ޖަޒީރާ"އަށް މައުލޫމާތު ލިބިފައިވާ ގޮތުގަިއ އެ ފަސް މީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އަދި އައިއެސްއާއި ބެހޭ ފޮތެއް ފެނުނު މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމަށް މާދަމާ 10 ޖަހާ އިރު ކޯޓަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.