ރިންގް ރޯޑުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް އަނިޔާވެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެކްސިޑެންޓް ހިނގާފައި ވަނީ ހެންވޭރު ސެނެހިޔާ ހޮސްޕިޓަލް ކައިރިންނެވެ. 

"ޖަޒީރާ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުންގެ ބޮލަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ އިރު އަނިޔާވި މީހުންނަށް ސެނެހިޔާ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމުގައި ފުލުހުން ބުނެއެެވެ. އަދި އެ ތަނުން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ވިދާޅުވީ އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 23:15 ހާއިރު ކަމަށެވެ. އަދި އެކްސިޑެންޓް ހިނގާފައިވަނީ ރިންގު ރޯޑުން ދެކުނުން އުތުރަށް ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލެއް ބުރުޒުމަގަށް އަޅަން އުޅުނު ސައިކަލަކާއި ޖެހިގެން ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މާލޭގައި މިއަދު އިތުރު ދެ އެކްސިޑެންޓް ހިނގާފައިވާ އިރު، މިއަދު ހެނދުނު މާރުކޭޓް ސަރަހައްދުގައިި ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކުވަނީ ނިޔާވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *