ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު އަނެއްކާވެސް ޖަލަށް ބަދަލުކޮށްފިއެވެ.
އަދީބު އަނބިކަނބަލުން ނަޝްވާ ވިދާޅުވީ ޑިސްޗާޖް ސަމަރީ އެއް ދެއްކުމެއް ނެތި، ކަރެކްޝަންސްގެ 15 ވަރަކަށް އޮފިސަރުންނާއި އެސްއޯ ފުލުހުން ވެގެން ވަރަށް އަނިޔާވެރިކޮށް އަދީބު ޖަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް، އެމްޓީޑީގެ ރައީސް ،އަދީބު ޖަލަށް ގެންދިޔުމާއި ބެހޭ ގޮތުން ފުލުހުން ބުނީ އަދީބު ޖަލަށް ގެންދިއުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް އެހީތެރިކަން ފޯރުކޮށް ދެމުންދާ ކަމުގައެވެ.