ޖިންނީންނަކީ އިންސާނުން އުފެއްދެވުމުގެ މާކުރިން ﷲ ޚަލްޤުކުރައްވާފައިވާ މަޚްލޫޤެކެވެ. ޖިންނީންނާއި އިންސީންވެސް ﷲ ޚަލްޤުކުރައްވާފައިވަނީ އެކަލާންގެއަށް އަޅުކަން ކުރުމަށެވެ. ޖިންނީންނަކީ ލެއްވި އެއްޗެއްކަން ބުއްދީގެ ހަމަތަކުންނާއި، ޤުރުއާނާއި ސުއްނަތުގެ ދަލީލުތަކުގެ އަލީގައިވެސް އެނގެން ހުރިއިރު، ހިތާމައަކީ ބައެއްމީހުން މިއަދު ޖިންނިއާއި ޖިންނީގެ ފަރާތުން ޖެހޭ އުނދަގޫތަކާއި ބަލިތައް ދޮގުކުރާކަމެވެ

ޖިންނީންގެ ފަރާތުންވާ އުނދަގޫތަކުގެ ވާހަކައަކީ ދިވެހިންނާއި ވަރަށް ދޯޅު ވާހަކަތަކެކެވެ. ބައެއް ފަރާތްތަކުން ޖިންނިއަކީ ވާއެއްޗެއް ގަބޫލުކުރާއިރު އަނެއްބައިމީހުންނަށް އެފަދަ ވާހަކަތައް ވަނީ ބޮޑު ޖޯކަކަށެވެ

ޖިންނީންގެ ވާހަކަ ދައްކާއިރު މިހާރު މީސް މީޑިއާގައި އެންމެ ބޮޑަށް ތިލަވެފައިވަނީ ހުޅުލެއާއި ހުޅުމާލެ ގުޅާލާ ހައިވޭގެ އިތުރުން މާލެއާއި ހުޅުލެ، އަދި ހުޅުމާލެ ގުޅާލެވިގެންދާ ސިނަމާލެ ބުރިޖުމަތިން "ޖިންނި" ފެންނަ ވާހަކައެވެ.

މާލެއާއި ހުޅުލެ އެއްގަމު މަގުން ގުޅާ ނުލާއިރު، ހުޅުލެއިން ހުޅުމާލެ ދިޔުމަށް އޮންނަ ބޮޑު މަގުން ކުޑަ ކުއްޖެއް ފެންނަ ވާހަކައާއި ދިގު ހިޔަންޏެއް ފެންނަ ވާހަކައަކީ ދިވެހިންގެ ތެރޭގައި މަގުބޫލު ވާހަކައެކެވެ. އެކިއެކި ނާމާން ހާދިސާތައް އެ މަގުން ބައެއް މީހުންނަށް ކުރިމަތިވެފައިވާ ކަމަށް ދިވެހިން ގަބޫލުކުރެއެވެ. އެހެންކަމުން އެ މަގުން ކުރިމަތިވާ ނާމާންކަމާއި ސިނަމާލެ ބުރިޖުން ކުރިމަތިވާ ނާމާން ހާދިސާތަކާއި ގުޅުމެއް ވެދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ސިނަމާލެ ބުރިޖުގައި އެކްސިޑެންޓްތައް ގިނަވެފައިވާއިރު އެކަމުގެ ތުހުމަތު ބައެއް ފަރާތްތަކުން އަޅުވަމުން ދަނީ ޖިންނީންގެ ބޮލުގައެވެ. ބައެއް މީހުން ބުނާ ގޮތުގައި ދުއްވަ ދުއްވާ ހުށްޓާ ހުދު ހެދުމެއްގައި ހުންނަ އަންހެނެއް ކުރިމަައްޗަށް އަރައެވެ. އަދި ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ދުއްވަމުންދާ ގަނޑީގައި ފަހަތުން އެކި ޒާތްޒާތުގެ ބިރުވެރި އަޑު އިވެއެވެ. މިފަދަ ރޫހާނީ ކަންކަން ސިނަމާލެ ބުރިޖު މަތިން ކުރިމަތިވާ ކަމަށް ބުނާއިރު މިވާހަކަތަކީ ފަހަރުގައި ގަބޫލުކުރަން ދަތި ވާހަކަތަކަށް ވެދާނެއެވެ.

ނަމަވެސް ގަބޫލުކުރަން ޖެހޭ ހަޤީގަތަކީ ސިނަމާލެ ބުރިޖާއި ހުޅުލެއާއި ހުޅުމާލެ ގުޅުވާލި ހައިވޭ ފަދަ ބޮޑެތި މަގުތަކުން މީގެ ކުރިންވެސް ތަފާތު ރޫހާނީ އެއްޗެހި ފެނިފައިވާ ކަމެކެވެ. އެގޮތުން ލާމު އަތޮޅުގައި އޮންނަ ލިންކް ރޯޑުންނާއި އައްޑޫގައި އޮންނަ ލިންކް ރޯޑުން ފާޑު ފާޑުގެ އަޑުތައް އިވުމާއި ކުޑަކުއްޖަކު ފެންނަ ވާހަކައަކީ ވަރަށް ގިނައިން ދެކެވޭ ވާހަކަތަކެވެ.

އެހެންކަމުން ސިނަމާލެ ބުރިޖުން ޖިންނި ފެންނަ ވާހަކައަކީ އެކަމުގައި ހަޤީޤަތެއް އެކުލެވޭ ވާހަކައަކަށްވުން އެކަށީގެން ވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *