ސޯޝަލް މީޑިއާގައި އެކްޓިވް މީހެއް ނަމަ "ދަ އެގް" ގެ ވާހަކަ އޮންނާނީ އަޑު އިވިފައެވެ. ކުކުޅު ބިހަކާ ވާދަކޮށް ކައިލީ ޖެނާ ވަނީ މިދިޔަ ހަފްތާގައި ބަލިވެފައެވެ. އެންމެ ގިނަ ލައިކްސް ލިބެނީ ކޮން ފޮޓޮ އަކަށްތޯ ބެލުމަށް ކައިލީ ވަނީ ކުކުޅު ބިހެއްގެ ފޮޓޯ އިންސްޓަގްރާމްގައި އާންމު ކޮށްފައެވެ. އަދި ކަން ދިމާކުރި ގޮތުން އެންމެ ގިނަ ލައިކްސް ލިބުނީ ކުކުޅު ބިހުގެ ފޮޓޯ އަށެވެ.
ހަޒްލާސް ޑޮޓް ކޮމް އިން އާންމު ކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އޭގެ ފަހަތުގައި ވަނީ ކައިލީ ޖެނާ ގެ ކުރީގެ ލޯބިވެރިޔާ ޓައިގާއެވެ.
"އަހަރެން ވަރަށް ދެރަވި އަހަރެމެން ދެމީހުން ވަކިވީމަ، އަހަންނަށް އެނގުން ކައިލީ ދެރަ ކޮށްލެވޭނީ ކިހިނެތް ކަން. އިންސްޓަގްރާމް ލައިކްސް މަދު ވެއްޖެނަމަ އޭނަ ވަރަށް ކަންބޮޑުވޭ" ޓައިގާ ބުނެފައިވެއެވެ.
އިންސްޓަގްރާމްގައި އެންމެ ގިނަ ލައިކްސް ލިބިފައިވާ ފޮޓޯ އަކީ ކައިލީގެ އިނގިލީގައި އޭނާގެ ދަރިފުޅު ސްޓޯމީ ހިފަހައްޓައިގެން އިން ފޮޓޯއެކެވެ. ނަމަވެސް ބިހެއްގެ ފޮޓޯއެއް ވަނީ ކައިލީގެ އެ ރިކޯޑް މުގުރާލާފައެވެ.
ރިކޯޑް މުގުރާލުމަށް ބިހެއްގެ ފޮޓޯ ހަމަޖެއްސީ ކީއްވެކަމެއް އަދި އެނގިފައެއް ނެތެވެ.