ލާމު އަތޮޅު ކައްދޫ އިން ގަމަށް ދެވެން އޮންނަ ލިންކްރޯޑުގައި ވޭން އަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޓެންޓެއް ހިންގައިފިއެވެ.
މި ނުރައްކާތެރި އެކްސިޓެންޓުގައި އަނިޔާވީ އުމުރުން 56 އަހަރުގެ މީހަކަށް ކަން "ޖަޒީރާ" އަށް ވަނީ އެނގިފައެވެ. އަނިޔާ ލިބުނު މީހާއަށް މިވަގު އެމެޖެންސީގައި ގަމު ރީޖަނަލް ހޮސްޕިޓަލުން އަންނަނީ ފަރުވާދެމުންނެވެ.
އެކްސިޑެންޓާ ގުޅިގެން ފުލުހުން ވިދާޅުވީ އަނިޔާވި މީހާގެ ކޮނޑުހުޅު ބިންދައިގެން ގޮސް، މޭމައްޗަށް އެކި ވަރުގެ އަނިޔާ ލިބިފައިވާކަމަށެވެ.