ރޭ ކާނިވާ ސަރަހައްދުގައި ހިނގާދިޔަ މާރާމާރީގައި 17 އަހަރުގެ ކުއްޖެއް ޒަހަމްކޮށްލާފައިވާއިރު، އެ ކުއްޖާއަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ވިދާޅުވީ ރޭ 00:05 ހާއިރު ކާނިވާ ސަރަހައްދުގައި ހިންގި މާރާމާރީއެއްގައި ކުޑަކުއްޖަކަށް އަނިޔާވުމުން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށެވެ. އަދި ފަރުވާއަށް ފަހު މިހާރު އެކުއްޖާ ދޫކޮށްލާފައިވާ ކަމުގައިވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ހައްޔަރުކުރީ 21 އަހަރުގެ މީހެއް ކަމަށެވެ.
މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.