މަސްމާރުކޭޓު ސަރަހައްދުގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުޑަކުއްޖަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިއަދު ހެނދުނު 7:05 ހާއިރު މަސްމާރުކޭޓު ކައިރީގައި ހިނގި އެކްސިޑެންޓެއް ގައި އަނިޔާވީ އުމުރުން 17 އަހަރުގެ ކުއްޖެއް ކަމަށާއި އެކްސިޑެންޓް ހިނގީ ޕާކު ކޮށްފައި އޮތް ޕިކަޕެއްގައި ސައިކަލެއް ޖެހިގެން ކަމަށެވެ.

އަދި އަނިޔާވި ކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި ކުއްޖާގެ ހާލު ކްރިޓިކަލް ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.

މި އެކްސިޑެންޓާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *