މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުން މަޖިލީހުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ކައިވެނި ބައްލަވައިގެންނެވި މޮރޮކޯގެ އަނބިކަނބަލުންނާއި ދެ ބޭފުޅުންގެ ކައިވެނި ޕާޓީއެއް ރަސްމީކޮށް ކުލަގަދަ ގޮތެއްގައި ބާއްވައިފިއެވެ.

ގިނަ ބަޔަކު ޖަމާކޮށްގެން އިއްޔަ އިރުފުށީގައި ވެސްޓާން ސްޓައިލަށް އެދެމެފިރިންގެ ކައިވެނި ހަފްލާ ބޭއްވި އިރު އެ ދެމީހުން ކައިވެނި ބައްލަވައިގެންނެވީތާ މިހާރު ދެތިން މަސް ދުވަސް ވެެއްޖެ އެވެ.

ސިޔާމް ވަނީ މޮރޮކޯގައި ވެސް ބޮޑު ކައިވެނި ޕާޓީއެއް ބާއްވާފައެވެ.

ސިޔާމަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވެސް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރައްވަމުން އަންނަ ބޭފުޅެކެވެ.

ސިޔާމް ވަނީ މީގެ ކުރިން ދިވެހި ޒުވާން އަންހެން ބޭކަނބަލަކާއި ކައިވެނި ބައްލަވައިގަނެ މާލޭގައި ވެސް ބޮޑު ކައިވެނި ޕާޓީއެއް ބާއްވައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *