ގދ. ތިނަދޫގައި މިއަދު ހަވީރު އެކްސިޑެންޓްއެއް ހިނގައި އެކްސިޑެންޓްގައި އަނިޔާވި އެކެއްގެ ހާލު ސީރިޔަސްކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މިއަދު ހަވީރު 16:20 ހާއިރު ހިނގި މި އެކްސިޑެންޓް ހިނގައިފައިވަނީ ތިނަދޫ ޗާންދަނީ މަގުން އިތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލްއެއް، މަގުމަތީ ޕާކްކޮށްފައި އޮތް ޕިކަޕްއެއް ދުއްވާލި ވަގުތު، އެ ޕިކަޕްގެ ފުރޮޅުގައި ޖެހި ކޮންޓްރޯލް ނުވެވިގެންނެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި ހާދިސާ ހިނގި އިރު ސައިކަލް ދުއްވަން އިނީ އުމުރުން 20 އަހަރުގެ ފިރިހެނެއް ކަމަށާއި، އަދި ފަހަތުގައި އިން އުމުރުން 22 އަހަރުގެ ފިރިހެން މީހާއަށްވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
އެ ގޮތުން ހާލު ސީިރިޔަސްވެފައިވަނީ ސައިކަލް ދުއްވަން އިން އުމުރުން 20 އަހަރުގެ ފިރިހެން މީހާއަށެވެ. އޭނާގެ ބޮލުގެ ކަނާތްފަރާތުން ފަޅައިގެން ދިޔުމުގެ އިތުރުން، ކަނާތު ފައިގެ ފަލަ މަސްގަނޑާއި ދިމާލުން ބިންދައިގެން ގޮސްފައިވާ ކަމަށް ތިނަދޫ ހޮސްޕިޓަލުން ހާމަކުރައްވައެވެ.
މީގެ އިތުރުން ސައިކަލް ފަހަތުގައި އިން އުމުުން 22 އަހަރުގެ ފިރިހެން މީހާއަށްވެސް ވަނީ މިހާދިސާގައި އެކި ވަރުގެ ހާނިއްކަތައް ވެފައެވެ.
މިހާރު މި ދެމީހުންނަށްވެސް ދަނީ ިނަދޫ އަބްދުއްސަމަދު މެމޯރިޔަކް ހިސްޕިޓަލްގައި ފަރުވާދެމުންނެވެ.
އަދި ތިނަދޫ ޕޮލިސް ސްޓޭޝަންއިން ދަނީ މިހާރު މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.