ޖުމްހޫރީ ޕާޓީއަށް މިފަހަރުވެސް ޖެހުނީ ސަލާން ޖަހަން ކަމުގައި އެޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބުމުން  މިފަހަރުވެސް ޖޭޕީ މަގުމަށްޗަށް ނެރެ އެއްލާލީ ކަމަށާއި މިފަހަރުވެސް ޖޭޕީއަށް ޖެހުނީ ސަލާން ޖަހަން ކަމަށެވެ.

އަދި އެމްޑީޕީއާ ވަކިވެ، އެހެން ހުރިހާ ޕާޓީތަކާއެކު ވާހަކަ ދައްކަން ތައްޔާރަށް އޮތް ކަމަށްވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

"ޖޭޕީއަށް މި ޖެހުނީ މިފަހަރު ވެސް ސަލާން ޖަހަން، މަޖިލީހުގެ ގޮނޑިތައް ކުރިމަތިލުމުގައި ޖޭޕީއާއެކު ގުޅިގެން މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާ ވާހަކަ ދައްކަން ޖޭޕީ ތައްޔާރުވެއްޖައީން،" ގާސިމް ވިދާޅުވި އެވެ.

ޤާސިމް ވަނީ މިރޭ އިތުރު ޓްވީޓެއްވެސް ކުރައްވާފައެވެ. އެ ޓްވީޓްގައި ގާސިމް ވިދާޅުވީ ޖޮއިންޓް ޕާލިމަންޓްރީ ގުރޫޕު އެމްޑީޕީން ރޫޅާލާނެ ކަމަށް ބުނުމުން ހައިރާން ނުވާ ކަމަށާއި އެއީ މިހާރު ވެސް އޮތް އެއްޗެއްތޯ ބުނެ ގާސިމް ވަނީ ސުވާލު ވެސް އުފައްދަވާފަ އެވެ. ގާސިމް އިތުރަށް ވިދާޅުވީ އިތުރަށް ރޫޅާކަށް މަޖިލީހަށް ހުރިހާ ގޮނޑިއަކަށް ކުރިމަތިލުމަށް އެމްޑީޕީއިން ނިންމީ އެއްބަސްވުމާއި، ވައުދާއި، އަހުދާއި ހިލާފުވެގެން ކަމަށެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *