ބޭނުންވަނީ ސަރުކާރަށް ތާއިދު ކުރާ، ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެއްބާރުލުން ދޭނެ މެޖޯރިޓީއެއް އޮތް ރައްޔިތުންގެ މަޖިލީހެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީ ހިމެނޭގޮތަށް އައި ކޯލިޝަންގެ ވެރިކަމުގެ ވައުދުތައް ފުއްދުމަށް އެމްޑީޕީގެ ކެނޑިޑޭޓުން، މަޖިލީހުގެ ތެރެއިން އެއްބާރުލުން ދޭން ޖެހޭނެ ކަމަށެވެ. އަދި އެމްޑީޕީން އެ އެއްބާރުލުން ސަރުކާރަށް ލިބޭނެ ކަމުގެ ޔަގީންކަންވެސް ރައީސް ސޯލިހު ވަނީ ދެއްވާފައެވެ.

ކެންޑިޑޭޓުން ރަނގަޅު ގޮތުގައި ފުރުސަތުގެ ބޭނުން ކުރުމަށް އިލްތިމާސް ކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ މުސްތަގުބަލު ބިނާކުރުމަށްޓަކައި، މިއީ ހުރިހާ ކެންޑިޑޭޓުންނާއި ހުރިހާ ބޭފުޅުންގެ ވިސްނުން އެއްގޮތް ކުރަން ޖޭހޭ ވަގުތު ކަމަށެވެ.

"މި ޕްރައިމަރީން ކާމިޔާބު ހޯދައި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރުމަށް ފަހުގައި އެބޭފުޅުންގެ އަމަލުތައް، އެބޭފުޅުންގެ މިސްރާބަށް ޖަހާނެކަމުގައި އަޅުގަނޑު ގަބޫލުކުރަން،" ރައީސް ސޯލިހް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *