ޒިނޭއަށް ހިތްވަރު ދިނުމަކީ އެއްގޮތަކަށްވެސް ބާރު އަޅާ ކަމެއް ނޫންކަމަށާއި އެކަމާ ގުޅިގެން ދެއްކި ވާހަކަ ރައްޔިތުންނަށް އޮޅިވަޑައިގެންފައިވާނަމަ އެކަމަށް މަޢާފަށް އެދިވަޑައިގަންނަވާކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

މިއަދު މެންދުރުފަހު އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައިވެނިން ބޭރުން ދަރިން ލިބި، އެކުދިންނަށް ލިބޭ ނިކަމެތިކަމާއި ބާރުގަދަ މަސްތުވާތަކެތި ބޭނުން ކުރުމާ ގުޅިގެން އޭނާ ދެއްކެވި ވާހަކަފުޅު އޮޅިވަޑައިގަންނަވާނަމަ އެކަމަށް މާފަށް އެދޭ ކަމަށެވެ.

ދާދިފަހުން ބޭއްވި އެމްޑީޕީގެ ކެމްޕޭން އެއްވުމެއްގައި ނަޝީދު ވިދާޅުވީ ކައިވެނި ނުކޮށް ދަރިން ހޯދާ މައްސަލައަށް އޮތް ހައްލަކީ ކުއްޖާގެ މަންމަ އަށް ބާތު ކޮންޓްރޯލް ކުރެވޭ ގޮތް ހެދުން ކަމަށެވެ. ނަމަވެސް މިހާރު އޮންނަ ގޮތުން ކައިވެނިނުކޮށް ތިބޭ އަންހެނުންނަށް ބާތު ކޮންޓްރޯލް ނުކުރެވޭ ކަމަށާއި އެއީ އެކަން އޮންނަންވީ ގޮތް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި ކައިވެނީގެ ބޭރުން ދަރިން ހޯދަނީ ފިރިހެން މީހާގެ ވެސް ބޭވަފާތެރިކަމެއް އޮވެގެން ކަމަށާއި ނަމަވެސް އެކަމަށް އޮތް ހައްލަކީ އަންހެނުން ނުވިހާ ގޮތް ހެދުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިމޭރުމުން ވާހަކަފުޅު ދެއްކުމުން ރާއްޖޭގެ ފުންނާބު އުސް ދީނީ އިލްމުވެރިން ވަނީ އެކަމާއި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން ބައެއް އިލްމުވެރިން ވިދާޅުވީ ނަހަލާލަށް ދަރިން ވިހާ މައްސަލައަށް އޮތް ހައްލަކީ ނުވިހާ އޮޕަރޭޝަން ކުރުން ނޫން ކަމަށާއި އެކަމަށް އޮތް ހައްލަކީ ކައިވެނި ކުރުން ކަމަށެވެ.

މީގެ އިތުރުން ބައެއް އިލްމުވެރިން ވަނީ ރައީސް ނަޝީދަކީ ލާދީނީ މީހެއް ކަމަށްވެސް ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *