އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެޕާޓީގެ ޕްރައިމަރީގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެއެވެ.

279 ކެންޑިޑޭޓުން ޕްރައިމަރީގައި ވާދަކުރާއިރު ވޯޓުލުން ފަށާފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ.

މިއީ، މިހާ ގިނަ އަދަދެއްގެ ކެންޑިޑޭޓުންނާ އެކު، ސިޔާސީ ޕާޓީ އަކުން މިހާ ބޮޑު ޕްރައިމަރީއެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި ފަހަރުގެ ޕްރައިމަރީގައި އެމްޑީޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ވެސް ވާދަކުރެއްވި އިރު އިންތިހާބުގެ ކެމްޕޭންވެސް ވަނީ ވަރަށް ފޯރިއާއި އެކު ބައެއް ދާއިރާތަކުގައި ކުރިއަށް ގެންގޮސްފައެވެ.

ރާއްޖޭގެ އިތުރުން، އިންޑިއާ އާއި ސްރީ ލަންކާ އާއި މެލޭޝިއާގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، އެމްޑީޕީން ވަނީ 270 ވޯޓު ފޮއްޓެއް ބަހައްޓައިފަ އެވެ. ވޯޓު ލުމަށް 86،000 އަށް ވުރެ ގިނަ މީހުން ޝަރުތު ހަމަވެ އެވެ.

ރާއްޖޭގައި ވޯޓުލުން ކުރިއަށް ދާނީ މިއަދު މެންދުރު ފަހު 2:30 އިން މިރޭ 8:30 އަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *