ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ތެޔޮ ފެނޭތޯ މަސައްކަތް ކުރުމަކީ އެކަމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ. އި އެފަދަ ތިމާވެއްޓަށް ގެއްލުންވާފަދަ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށް މިނިސްޓަރު ޒަހާ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޒަހާ ވިދާޅުވީ އެ ދާއިރާގެ ފަންނީ މީހެއްގެ ހައިސިއްޔަތުން ރާއްޖެއިން ތެޔޮ ނެގުމަކީ ދުވަހަކު ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، ރާއްޖެއަކީ ފަރެއް މަތީ އުފެދިފައިވާ ގައުމެއް ކަމުން އެފަދަ މާހައުލަކުން ތެޔޮ ނެގުން ވާނީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ މިނިސްޓަރު ޒަހާ ވިދާޅުވީ ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ ކަމެއް ސަރުކާރުން ނުކުރާނެ ކަމަށެވެ. އަދި މި ސަރުކާރުން ވަކާލާތު ކުރާނީ ތިމާވެށި ރައްކާތެރިކުރުމަށް ކަމަށެވެ.
ރާއްޖެއިން ތެޔޮ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވައުދެކެވެ. އަދި އެކަމަށް ރައީސް ޔާމީންގެ ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައި ވީ ނަމަވެސް، ރާއްޖެއިން ތެޔޮ ހޯދިފައެއް ނުވެއެވެ.