އިންޑޮނޭޝިޔާ އަންހެނެއް އޭނާގެ ފިރިމީހާ, ފޯނުގެ ޕާސްވޯޑް ނުދިނުމުން ފިރިމީހާގެ ގަޔަށް ޕެޓްރޯލް އަޅައި އަންދާލައިފިއެވެ.

މި ހާދިސާގައި ފިރިމީހާއަށް ލިބުނު ޒަޙަމްތަކަށް ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ އޭގެ ދެ ދުވަސްފަހުން މަރުވެފައެވެ.

ދިރިހުށްޓާ އަންދާލައިފައިވަނީ އިންޑޮނޭޝިޔާގެ ވެސްޓް ނޫސާ ޓެންގައްރާ ގެ އީސްޓް ލޮމްބޮކް ރިޖެންސީ ރަށުގައި ދިރިއުޅެމުން އަންނަ އުމުރުން 26 އަހަރުގެ ޑެދީ ޕުރުނާމާ ނަމަކަށް ކިޔާ މީހެކެވެ. ޑެޕީގެ އަންހެނުން އަުމުރުން 25 އަހަރުގެ އިލްހާމް ކަހްޔާނީ އޭނާ މަރާލައިފައިވަނީ ފިިރިމީހާގެ ފޯނުގެ ޕާސްވޯޑު ނުދިނުމުން އެކަމާ ހިތްހަމަ ނުޖެހި ދެމެފިރިންގެ ދެމެދުގައި ހިނގާދިޔަ މައްސަލައެއް ހޫނުވެ އެކަމުގެ ސަބަބުން ހިނގާދިޔަ ތަޅާފޮޅުންގަނޑެއްގެ ތެރޭގައެވެ.

އަލިފާނުގެ ސަބަބުން ޑެދީގެ ހަށިގަނޑުގެ 90 އިންސައްތަ ފިހިފައިވާ ކަމަށް އޭނާ ބެލި ޑޮކްޓަރުންނާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މި މައްސަލަ އީސްޓް ލޮމްބަކް ފުލުހުންގެ ބަލަމުން އަންނައިރު މައްސަލައިގައި އިލްހާމް ކަހްޔާނީ ވަނީ ހައްޔަރުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *