ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަޙުޤީޤް ކުރަމުންދާ ދެ މައްސަލައަކާ ގުޅިގެން ހަތަރު މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މިމައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ ށ.މިލަންދޫ، ނަސީމީވިލާ، މުޙައްމަދު ނާޖިހު (18އ) އާއި ތ.ތިމަރަފުށި، އަންނާރުމާގެ، ޝަމްހާން އަޙްމަދުމަނިކު (17އ) އާއި ސ.ފޭދޫ، އެންދެރިމާގެ، އަޙްމަދު ޝިނާހް (30އ) އަދި ގދ.މަޑަވެލި، ލަގްޒަރީ، ޤައިސް ޢަބްދުﷲ ޢަނީސް (19އ) އެެވެ.
މި ހަތަރު މީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ޑިއުޓީ ނަމްބަރު 9660126 އަށް ގުޅުއްވައި މައުލޫމާތު ޙިއްސާކުރެއްވުމަކީ ފުލުހުންގެ ވަރަށް ބޮޑު އެދުމެކެވެ.