ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މޫދުގައި ފަތަން ރައްކާތެރި ސަރަހައްދެއް ކަނޑައަޅަން ސަރުކާރުން ނިންމައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރަށްރަށުގެ މޫދުގައި ފަތަން ރައްކާތެރި ސަރަހައްދެއް ކަނޑައެޅުމަށް ރަށްތަކުގެ ކައުންސިލްތަކާ މަޝްވަރާކުރަމުން ގެންދާވާ ކަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު މިދުވަސްވަރަކީ އިރުވައި މޫސުމުގެ ބާރު އޮއެވަރެއް ދެމެމުންދާ ދުވަަސް ވަރަކަށްވާއިރު މޫދަށް އެރި އުޅުމުގެ ތެރޭގައި ދާދިފަހުން ވަނީ ހިތާމަވެރި އެތަށް ހާދިސާތައް ހިނގައިފައެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހު މޫދަށް އެރި އުޅުމުގެ ތެރޭގައި ގެނބިގެން ތިން ފަތުރުވެރިޔަކު މަރުވެފައިވާއިރު، ހުއިފިލަނޑާ ނެގުމަށް އިއްޔެ މޫދަށް ފޭބި ދެ ދިވެއްސަކުވެސް ވަނީ އޮއެވަރަށް ދަމައިގަނެ ގެއްލިގެން އެމްއެންޑީއެފުން ހޯދާފައެވެ.

ފަތުރުވެރިންނާ ގުޅުންހުރި މަރުތަކުގެ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިއަހަރު ހިނގި ތަފާތު ހާދިސާތަކުގައި ނުވަ ބިދޭސީއަކު މަރުވެފައިވާ ކަމަށެވެ. އަދި ފަތުރުވެރިންނަށް ހިދުމަތް ފޯރުކޮށްދޭ ތިން މީހަކުވެސް މިއަހަރުގެ ތެރޭގައި މަރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *