ޕީއެންސީ ކޮންގްރެސް ނިންމާ ޖަލްސާ މާދަމާ ރެޔަށް ފަސްކޮށްފިއެވެ.
މިކަން އިއުލާންކޮށްފައިވަނީ މިހާރު ކުރިއަށްދާ އެޕާޓީގެ ފުރަތަމަ ކޮންގްރެސްގައެވެ. ކޮންގްރެސްގެ ރިޔާސަތު ބަލަހަށްޓަވަމުން ގެންދަވަނީ ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމްއެވެ.
މިހާރު ކުރިއަށްދާ ޕީއެންސީގެ ކޮންގްރެސްގައި ވަނީ އެ ޕާޓީގެ އަސާސީ ގަވައިދަށް ތިން އިސްލާހެއް ގެނެވުމަށް ފާސްކޮށްފައެވެ. މީގެ އިތުރުން ކޮންގްރެސްގައި ވަނީ އެ ޕާޓީގެ ރައީސްގެ އިތުރުން ނައިބު ރައީސުން އަދި ޕާޓީގެ އިސް މަގާމުތަކަށް ބޭފުޅުން އިންތިހާބުކޮށްފައެވެ.
މާދަމާރޭ އޮންނަ ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާނެއެވެ.