ރަޝިއާގެ ޝެބެކީނޯ އަށް ނިސްބަތްވާ އަންހެނަކު އޭނާގެ 8 މަހުގެ ދަރިފުޅު ނިންދަން ހަފްތާއެއް ވަންދެން ރާ ބޯން ދިނުމުގެ ސަބަބުން ކުޑަކުއްޖާ މަރުވެއްޖެއެވެ.
ޑެއިލީ މެއިލްގައި ބުނެފައިވާ ގޮތުގައި އަންހެންމީހާ އޭނާގެ ކުޑަ ދަރިފުޅަށް ރާ ބޯން ދިނީ ޗުއްޓީ ތެރޭގައި، ދަރިފުޅުގެ އުނދަގުލެއް ނުޖެހި، ޕާޓީ ކުރަން ދެވޭނެ ގޮތެއް ހޯދަން ވެގެންނެވެ.
މަރުވުމުގެ ކުރިން އެކުއްޖާ ވަނީ 4 ފަހަރު މަތިން ހޮސްޕިޓަލައް ގެންގޮސްފައެވެ. ކުއްޖާއަށް ވަނީ ވައިރަލް އިންފެކްޝަނެއް ޖެހިފައި ކަން އަންހެން މީހާއަށް އެންގުމުންވެސް އެ ކުއްޖާ، ހޮސްޕިޓަލުގައި އެނދުމަތި ކުރާކަށް އަންހެން މީހާ ބޭނުމެއް ނުވިއެވެ. ކޮންމެ ފަހަރަކުވެސް ގޭގައި ފަރުވާ ދޭނީއޭ ކިޔާފައި ގެއަށް ގެންދަނީއެވެ.
އަންހެންމީހާ ދަންނަ ބައެއް މީހުން ބުނިގޮތުގައި އޭނާ އޭނަގެ ދަރިފުޅު އެނދުމަތި ނުކުރީ ކުޑަދަރިފުޅު ބަލަން ހޮސްޕިޓަލުގައި ޗުއްޓީ ހޭދަކުރަން ބޭނުން ނުވާތީއެވެ.
ކުޑަކުއްޖާ މަރުވީ އެކުއްޖާއަށް ޖެހިފައިވާ ވައިރަލް އިންފެކްޝަންގެ ސަބަބުން ކަމަށް ކުއްޖާގެ ޕޯސްޓްމޯޓަމުން ދައްކައެވެ.
ރަޝިއާގެ ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.