ގިނަ ފަހަރު ކެވޭ އެއްޗަކުން ހަށިގަނޑަށް ވަނީ ކޮން ފައިދާއެއްތޯ ހިތަކަށް ނާރައެވެ. އަނގަޔަށް މީރު ވުމުން ކާލެވެނީއެވެ. ކެވޭ ކާނާ އަކުންވެސް ކެންސަރަށް މަގުފަހިވެދާނެއެވެ.

ކެންސަރު ބައްޔަކީ އަހަރެމެންގެ ތެރޭގައި ވަރަށް އާންމު ބައްޔަކަށް ވާއިރު، ބަލި ނުޖެހިވޭތޯ ރައްކާތެރިކަން ހޯދަން ކުރެވިދާނެ ކަންކަން އެބަހުއްޓެވެ. ކަސްރަތުކުރުމާއި ވަކި އެއްޗެއް ކެއުމާއި، ވަކި އެއްޗެއް ނުކައި ދޫކޮށްލުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.

  • ދަޅު ޓޮމާޓޯ

ގަހުން ބިންނަ ގޮތަށް ހުންނަ ތާޒާ ޓޮމާޓޯ އަކީ ހަށިގަނޑަށް ކިތަންމެ ފައިދާއެއް ކުރާ ކާނާ އެއް ނަމަވެސް، ދަޅުގައި ބަންދު ކުރެވިފައި ހުންނަ ޓޮމާޓޯ ނުވަތަ ޓޮމާޓޯ ޕޭސްޓަކީ ކެންސަރާއި އެހެނިހެން ބަލިތަކަށް މަގުފަހި ކޮށްދޭ އެއްޗެކެވެ.

  • ސޮސެޖް

ސޮސެޖަކީ އޭގެ އަސްލު ރަހަ ބަދަލު ކޮށްލުމަށް އެކި ފާޑު ފާޑުގެ އެއްޗެހި އަޅައިގެން ތައްޔާރު ކުރެވޭ އެއްޗެކެވެ. ގިނަ ދުވަސް ވުމުން ކުނި ނުވާ ގޮތް ހެދުމަށްވެސް ތަފާތު އެއްޗެހި އަޅާފައި ހުރެއެވެ. އެގޮތުން ސޮސެޖް ހެދުމުގެ ތެެރޭގައި ކެންސަރަށް މަގުފަހި ކޮށްދޭ "ނައިޓްރޮސޯ ކޮމްޕައުންޑް" އަދި "ޕޮލިސައިލިކް އެރޮމެޓިކް ހައިޑްރޯ ކާބަންސް" ފަދަ ކެމިކަލް އުފެދެއެވެ.

  • މައިކްރޯވޭވް ޕޮޕްކޯން

މައިކްރޯވޭވް އިން ޕޮޕްކޯން ތައްޔާރުކޮށްލަން ވަރަށް ފަސޭހައެވެ. ނަމަވެސް އެއިން ހަށިގަނޑަށް ކުރާ ފައިދާ އަށް ވުރެ ގެއްލުން މާ ބޮޑެވެ. މައިކްރޯވޭވް ޕޮޕްކޯންގެ އުރަ އަކީ ތަތް ނުލަވާ ގޮތަށް ހަދާފައިވާ އެއްވެކެވެ. އަދި އެހެން ހެދުމަށް ބޭނުންކުރާ ކެމިކަލްގެ ސަބަބުން "ޕާފްލުރޯއޮކްޓެނޮއިކް އެސިޑް" އުފެދެއެވެ. އޭގެން ސަބަބުން ހަށިގަނޑުގެ ދިފާއީ ބާރު ދައްކޮށްލައެވެ. އަދި މެއަށް ވެސް ގެއްލުންދެއެވެ.

  • ޗިޕްސް

އަލުވިން ތައްޔާރު ކޮށްފަ ހުންނަ ޗިޕްސް ނުވަތަ ޕޮޓޭޓޯ ޗިޕްސް އަކީ އަގުހެޔޮ، އަނގަޔަށް މީރު އަދި ކާލަން ފަސޭހަ ލުއި ކާނާއެކެވެ. ނަމަވެސް އޭގައި ގިނަ އަދަދަކަށް ތައްޔާރީ ފްލޭވާ ތަކާއި ކުނިނުވާގޮތް ހެދުމަށް ބޭނުންކުރާ ޕްރިޒަވޭޓިވްސްް އެކުލެވިގެންވެއެވެ. އަދި ގިނަ އަދަދަކަށް ލޮނު ވެސް އަޅާފައިހުރެއެވެ. އޭގެ ސަބަބުން ލޭމައްޗައް ދިއުމަށް މަގުފަހިވެއެވެ. މީގެ އިތުރުން ޗިޕްސް އަކީ ފަލަވުމަށް ވެސް މަގުފަހި ކޮށްދޭ އެއްޗެކެވެ. ޗިޕްސް ތައްޔާރު ކުރަނީ ހޫނުމިން ވަރަށް ގަދަ ކޮށް ކަމުން "އެކްރީލަމައިޑް" ކިޔާ ކެންސަރަށް މަގުފަހިވާ ކެމިކަލެއް އުފެދެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *