ކ، މާފުށީގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތަކު މަރުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މާފުށީގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަން އުޅެނިކޮށް މަރުވެފައި ވަނީ އުމުރުން 38 އަހަރުގެ ފިރިހެނެއް ކަމަށާއި އެ މީހާ މަރުވެފައި ވަނީ މޭގައި ރިއްސާތީ މާފުށީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.