މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ކުއްލި ގޮތަަކަށް މަރުވި އައިޝަތު ވިޝާމާގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލޭގައި ހިނގި ކުއްލި މަރުގެ މައްސަލައާއި އާއި ގުޅިގެން އެކަކު ހައްޔަރު ކުރެވިފައިވާކަމަށާއި  މާލެ އަދި ހުޅުމާލޭގައި ހިނގި ކުއްލި މަރުގެ މައްސަލަ ވެސް ތަޙްޤީޤު ކުރަމުން އަންނަ ކަމަށެވެ.

އަދި އެ މައްސަލަތަކާއި ބެހޭ އިތުރު މައުލޫމާތު ލިބުން ވަރަކުން ހިއްސާކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.

ޖަނަވަރީ 12 ވަނަ ދުވަހު މާލޭގައި ވެސް ޒުވާން ފިރިހެނަކު މަރުވެފައި އޮއްވާ ފެނުނެވެ. މ.ރަމާގްލްޝަން ގެއިން މަރުވެފައި އޮއްވާ ފެނުނީ 27 އަހަރުގެ ފިރިހެނެކެވެ.

ވިޝާމާގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވާއިރު އޭނާގެ އާއިލާ އިން ބައެއް މީޑިއާތަކުގައި މީގެ ކުރިން ބުނީ ވިޝާމާ މަރުވީ ފިޓް ޖެހިގެން ކަމަށެވެ. ނަމަވެސް "ރާއްޖެ އެމްވީ" އިން ބުނެފައިވާ ގޮތުގައި ވިޝާމާ މަރުވެފައިވަނީ ޕާޓީ ޑްރަގް ބޭނުން ކުރުމުގެ ސަބަބުން އޯވާޑޯޒް ވެގެން ކަމަށެވެ. ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން މިކަން ތެދުކޮށްފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *