ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އަސާސީ ގަވައިދަށް ތިން އިސްލާހެއް ގެނައުމަށް އެ ޕާޓީގެ ކޮންގްރެސް އިން މިއަދު ފާސްކޮށްފިއެވެ.

ޕީއެންސީގެ ކޮންގްރެސް އިން މިއަދު އެޕާޓީގެ އަސާސީ ގަވައިދަށް ގެނައި ތިން އިސްލާހަކީ، ގައުމީ މަޖިލިސް އެކުލަވާލުން, މަޝްވަރާ މަޖިލީހަށް ބަދަލު ގެނައުން, ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރުގެ މަގާމަކީ ނައިބު ރައީސުންގެ ފެންވަރުގެ މަގާމަކަށް ހެދުމެވެ. 

މި އިސްލާހާއި އެކު ޕީއެންސީގެ ނައިބު ރައީސްގެ ފެންވަރުގައި ފަސް ބޭފުޅަކު ތިއްބަވާނެއެވެ.

އެއީ މިއަދު ނައިބު ރައީސް ކަމަށް އިންތިހާބުވި، އަހުމަދު ނިހާން ހުސެން މަނިކު އާއި، މުހައްމަދު ސައީދު  އާއި އިބްރާހިމް ސުޖާއު އާއި، މުހައްމަދު ހުސެއިން ޝަރީފްގެ އިތުރުން ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރ އާދަމް ޝަރީފް އުމަރެވެ.

މިއަދު ދެ ދަންފަޅިއަކަށް ބަހާއިލައިގެން ބިލަބޮންގް ހައި އިންޓަރނޭޝަނަލު ސުކޫލުގަ ބާއްވާ ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވައިދަށް އިސްލާހު ގެނައުމަށް ހުށައެޅީ އެ ޕާޓީގެ ވަގުތީ ކައުންސިލުގެ ފަރާތުންނެވެ.

އެތިން އިސްލާހު ފާސްކުރީ މިއަދު ބޭއްވުނު ކޮންގްރެސްގައި ބައިވެރިވި ވޯޓް ލުމުގެ ހައްގު ލިބިފައިވާ 139 މީހުންގެ މެދުގައި ނެގުނު ފެންނަ ނުފެންނަ ވޯޓަކުންނެވެ.

މިހާރު ކުރިއަށް ގެންދާ ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތު މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ އިރު، އެ ރަސްމިއްޔާތުގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ބައިވެރިވެވަޑައިގަންނަވާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *