ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް ޔޫއޭއީ އަށް ވަޑައިގެންނެވީ ޔޭއޭއީގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަ އޮފް އާމްޑް ފޯސަސް، މުހައްމަދު ބިން ޒާޔިދު އަލް ނަޙްޔާންގެ ދައުވަތަކަށެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ހޯމަ ދުވަހު އޮތް "ޒާޔިދު ސަސްޓެއިނަބިލިޓީ އެވޯޑްސް" އަދި "އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް" ހަފުލާގައި ބައިވެރިވެ ވަޑައިގެންފަ އެވެ.

އަދި ރާއްޖެ އާއި ޔޫއޭއީއާ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ ގޮތުން "ޖޮއިންޓް ކޯޕަރޭޝަން ކޮމިޓީއެއް" އުފައްދަން މި ދަތުރުފުޅުގައި ދެ ގައުމުން ވަނީ އެއްބަސްވެފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *