ރާއްޖެއިން ދުބާއީ (ޔޫއޭއީ) އާއި އެމެރިކާ ފަދަ ބޮޑެތި އަދި ފަތުރުވެެރިކަމަށް މަޝްހޫރު ޤައުމުތައް ފަހަތައް ޖައްސާލުމަށް ފަހު ދުނިޔޭގެ އެންމެ އިންސްޓަރގްރާމަބަލް ޤައުމުތަކުގެ ލިސްޓުގެ ކުރީ ސަފުގައި ފައިތިލަ ސާބިތުކޮށްލައިފިއެވެ.
ދުނިޔޭގެ ފަތުރުވެރިކަމާއި ބެހޭ ސައިޓެއް ކަމަށްވާ "ބިގް 7 ޓްރެވެލް" ގައި ކޮންމެ އަހަރަކުވެސް ހޮވާ ދުނިޔޭގެ އެންމެ އިންސްޓަރގްރާމަބަލް ޤައުމުތަކުގެ ލިސްޓުގައި މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 6 ވަނައެވެ.
މިދިޔަ ހޯމަ ދުވަހު ނެރުނު މި ލިސްޓުގައި 10 ޤައުމެއް ފާހަގަކޮށްފައިވާއިރު އެންމެ ގިނަ މީހުން ގަޔާވާ މަންޒިލަކަށް ވެފައިވަނީ އޮސްޓްރޭލިޔާއެވެ.
މި ލިސްޓުގައި ހިމެނޭ ޤައުމުތަކަށް ބަލާއިރު:
1- އޮސްޓްރޭލިޔާ
2- ހޮންގް ކޮންގް
3-ކެނެޑާ
4-އިންޑޮނޭޝިޔާ
5-ސައުތް އެފްރިކާ
6-ދިވެހިރާއްޖެ
7-އިންޑިޔާ
8-އެމެރިކާ
9-ދުބާއި(ޔޫއޭއީ)
10-ސިންގަޕޫރު
މީގެ އިތުރުން ރާއްޖެއިންވެސް ހޮވާލެވޭ 7 މަންޒިލެއް މި ވެބްސައިޓުގައި ހިމެނެއެވެ. އެއީ ނިޔާމަ، މާލެ، ލާމު، އަންގްސަނާ ވިލަވަރު، ދި ކޮންރާޑް އަދި އަންނަން ތަރާ ދިގުރަށުގެ އިތުރުން ގިލި ލަންކަން ފުށިއެވެ.