ޖުމެއިރާ ވިއްޓަވެލި ރިސޯޓްގެ ފަޔާ ޑާންސާ ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މަރުވެފައިވަނީ ޕިލިޕީންސްއަށް ނިސްބަތްވާ ފިރިހެނެކެވެ. އަދި އޭނާ މަރުވެފައިވަނީ ރިސޯޓުގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ޖުމެއިރާ ވިއްޓަވެލީގެ ފަޔާ ޑާންސާގެ މަރާއި ގުޅިގެން ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 7:30ގައި ކަމަށާއި އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.