އިންސާނާގެ ދުލަކީ ވަރަށް ބޮޑު ނިއުމަތެއް ކަމަށާއި ދުލާއި މެދުގައި ރައްކާތެރިވުމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލި ޒައިދު އިސްތިމާސް ކުރައްވައިފިއެވެ.
ޝައިދު ޒައިދު މިރޭ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އާންމުންނަށް އިވޭނެހެން، މުޑުދާރު ވާހަކަތައް ދައްކާނީ ގޮތެއް ފޮތެއް ނެތުމުން ކަމަށާއި ދުލަކީ އެއާއި މެދުގައި ރައްކާތެރިވާން ޖެހޭ ނިއުމަތެއްކަމަށެވެ.
މީގެ އިތުރުން ޝައިހް ޒައިދު ވިދާޅުވީ ޒިނޭ ކުރުމަށް ބާރު އަޅާ، ނުވަތަ ޒިނޭ ކޮށް ބަނޑުބޮޑުވުމަކީ ކުޑަކަމެއް ނޫން ކަމަށެވެ.
"ޒިނޭ ކުރުމަށް ބާރު އަޅާ، ނުވަތަ ޒިނޭކޮށް، ނަހަލާލަށް ބަނޑުބޮޑުވުމަކީ ކުޑަކަމެއް ކަމުގައި ދައްކައި ހެދުމައް މުޖުތަމައުގައު ވާހަކަ ދައްކާ ފަރާތްތައް ﷲއަށް ބިރުވެތިވުމަށް ގޮވާލަން" ޝައިހް ޒައިދުގެ ޕޯސްޓްގައިވެއެވެ.
އިންސާނާގެ ދުލަކީ އެއާއި މެދު ރައްކާތެރިވެއްޖެ ނަމަ އެމީހަކަށް ސުވަރުގެއަށް މަގުފަހިވާ އަދި އެއާއި މެދުގައި ފަރުވާ ކުޑަ ކޮށްފި ނަމަ އެމީހަކަށް ނަރަކައިގެ ވޭންދެނިވި އަޒާބު ލިބުމަށް މަގުފަހިވާ ކަމެކެވެ.