ގަވައިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން ފުލުހުން ހުއްޓާލާފައިވާ ކަމަށް އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އެކްޓިން ސީޕީ ވިދާޅުވީ ގަވައިދާ ހިލާފަށް ޕާކް ކޮށްފައިވާ އުޅަނދުތަކުގައި ސްޓިކާ ޖެހުން މިހާރު ހުއްޓާލާފައިވާ ކަމަށާއި  އެެކަން ހުއްޓާލީ ސަރުކާރުން އަންގައިގެން ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ. 

ޕާކް ކުރާނެ ޖާގަ ނުދައްކާ ޖޫރިމަނާ ކުރަން ސްޓިކާ ނުޖެހުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
ހަމީދު ވިދާޅުވީ، އުޅަނދުތައް ޕާކް ކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި މައްސަލަތަކެއް އެބަހުރި ކަމަށާއި ޕާކް ކުރާނެ ތަންތަން ތަނަވަސްކޮށް ނުދީ ފުލުހުން ނުކުމެ، ސްޓިކާ ޖަހައި ޖޫރިމަނާ ކުރުމަކީ ގަބޫލު ކުރެވޭ އުސޫލެއް ނޫން ކަމަށެވެ. މާލޭގެ ޕާކިންގ އަށް ހައްލެއް ހޯދުމަށް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީއިންވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ މާލޭގެ ޕާކިންގްއަށް އެދެވޭ ހައްލެއް ލިބޭނީ މާލޭގައި ބޮޑެތި ޕާކިންގް ބިލްޑިންގތައް އެޅިގެން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *