"ފަސްމީރު ރޯދަ ބައިވެރިޔާ" ނަމުގައި މިފްކޯއިން ހާއްސަ ޕްރޮމޯޝަންއެއް ފަށަށް ނިންމައިފިއެވެ.
އެ ގޮތުން މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި 48 ދަޅުގެ ތެޔޮ މަސް ކޭހެއް ގަތުމުން ކޫޕަނެއް ލިބިގެންދާނެއެވެ. އެ ކޫޕަން ފުރުމަށްފަހު މާލެއާއި، ހުޅުމާލޭގައި ހުންނަ މިފްކޯ މަސް ފިހާރަތަކަށް އެ ހުށަހެޅުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް މިފްކޯއިން ހާމަކުރައްވައެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 27 އިން ޖޫން މަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވެގެން އެއްވަނަ ލިބޭ ފަރާތަކަށް ޢުމްރާ ދަތުރެއް ލިބޭނެއެވެ. ދެވަނައަށް ހޮވޭ ފަރާތަކަށް ދެކޮޅު ޓިކެޓާއި ހުރުމާއެކު ތައިލެންޑު ދަތުރެއް ލިބޭނެއެވެ. ތިންވަނަ ލިބޭ ފަރާތަކަށް އެއް އަހަރު ދުވަހަށް ބޭނުންވާ މަސްކޭސް ލިބޭނެއެވެ.